ޚަބަރު

ޑްރަގް އެންފޯސްމަންޓް މީޑިއާ އިވެންޓުގެ ނަމުގައި މީޑިއާތަކަށް ހާއްސަކޮށްގެން އިވެންޓެއް ބާއްވައިފި

21 ފެބްރުއަރީ

Media event 4

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހާއްސަކޮށްގެން "ޑްރަގް އެންފޯސްމަންޓް މީޑިއާ އިވެންޓް" ގެ ނަމުގައި އިވެންޓެއް ބާއްވައިފިއެވެ.

Media event

މިއަދު 08:00 އިން 12:00 އަށް ކުރިއަށް ގެންދިޔަ އެ އިވެންޓަކީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އަންގައިދިނުމަށް ކުރިއަށް ގެންދިޔަ އިވެންޓެކެވެ.

Media event 3

އެގޮތުން، ރާއްޖޭގެ މަސްތުވާތަކެތީގެ މިހާރުގެ ހާލަތާއި އެ ހާލަތު ބަދަލުކުރުމަށް ފުލުހުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ސްޓޯލްތަކެއް ތައްޔާރުކޮށް މީޑިއާތަކާ އެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޕްރެޒެންޓޭޝަންތަކެއް މެދުވެރިކޮށްވެސް ތަފާތު ގިނަ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

Media event 2

އޭގެ އިތުރުން، އެ އިވެންޓުގެ ތެރެއިން އިންޓެގްރޭޓެޑް ޑޭޝްބޯޑު ލޯންޗުކޮށް އަދި އެކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އިންޓެގްރޭޓެޑް ޑޭޝްބޯޑު ލޯންޗުކޮށްދެއްވީ ކޮމިޝަނަރ އޮފް މުޙައްމަދު ޙަމީދުއެވެ. އިންޓްގްރޭޓެޑް ޑޭޝްބޯޑަކީ މަސްތުވާތަކެތީގެ މައްސަލަތަކާގުޅޭ ތަފާސް ހިސާބުތަކާއި އެ މައްސަލަތަކާގުޅޭ ތަފާތު މައުލޫމާތުތައް ހިމެނޭގޮތަށް ޑޭޓާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.

Media event 1

މިއަދު ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓަކީ ޑްރަގް އެންފޯސްމަންޓާއި، ޕޮލިސް މީޑިއާ ސެންޓަރާއި  ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، ޑްރަގް އިންޓެލިޖެންސާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓެކެވެ.

މި އިވެންޓްގައި ބްރޯޑްކާސްޓިންގ އަދި އޮންލައި ނޫސްތައް ހިމެނޭގޮތަށް 24 އަށްވުރެ ގިނަ ނޫސްވެރިން ބައިވެރިވެފައިވެއެވެ.