ޚަބަރު

ބަނގުރާ ހުސްކުރި 44 ފުޅިއާއި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

14 ޖަނަވަރީ 2014

ބަނގުރާ ހުސްކުރި 44 ފުޅިއާއި މަސްތުވާތަކެއްޗާއެކު 3 މީހަކު ގ. މާސްކްއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓް އަމުރެއްގެ ދަށުން އިއްުޔެ ހެނދުނު 0830 ހާއިރު ގ. މާސްކް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއްގެ އަސަރުހުރި 5 ޕެކެޓް ގެ އިތުރުން ބަނގުރާ ހުސްކުރި 44 ފުޅި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 3 ދިވެހި ފިރިހެނުންނެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑްރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.