ޚަބަރު

މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައި ޖިސްމާނީ އަނިޔާކުރި މައްސަލާގައި 03 މީހަކު ހޯދަނީ

20 މެއި 2015

މަތީގައިވާ ފޮޓޯ އިން ފެންނަ ކ.މާލެ، ގ.ލަންކާ، ޢަބްދުﷲ މުފީދު (36އ) އާއި ކ.މާލެ، މ.ކުޑަވެޔޮމަތީގެ، އަޙްމަދު މިޢުދާން ޙަމީދު (25އ) ގެ އިތުރުން ސ.ހުޅުދޫ، އިރުވައި، އަޙްމަދު އުނައިސް (32އ) އަކީ، މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައި ޖިސްމާނީ އަނިޔާކުރި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން  ހޯދައި ނުފެނިފައިވާ 03 މީހުންނެވެ.

މި 03 މީހުން ހޯދަމުން ދަނީ، އަދާލަތު ޕާޓީ އިސްވެ އޮވެ، ސިޔާސީ ބައެއް ޕާޓީތަކާއި ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން މި މެއި މަހުގެ 01 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހިރާގެ ބައިވެރިން ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިޔަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ ވަގުތު އެކަން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކު، މަގުމައްޗަށް ވައްޓާލައި ފުލުސް މީހާއަށް ހަމަލާދީ މާރާމާރީ ހިންގައި ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ވީމާ، މި 03 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ޙިއްޞާ ކުރެއްވުން އެދެމެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ތުޙުމަތު ކުރެވޭ ފަރާތްތައް ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.