ސައިބަރ ކްރައިމް

 

ސައިބަރ ކްރައިމް

 

ސައިބަރ ކްރައިމް އަކީ ކޮބާ؟

ކުށުގެ އަމަލުތަކުގެ ތެރެއިން ސައިބަރ ކްރައިމްގެ ގޮތުގައި ބަލަނީ ރާއްޖޭގައި ގާނޫނަކުން މަނާކުރެވިފައިވާ ކުށުގެ އަމަލުތަކުގެ ތެރެއިން އަމަލެއް, ކޮމްޕިއުޓަރެއް ނުވަތަ ކޮމްޕިއުޓަރުގެ ވިއުގައެއް ބޭނުންކޮށްގެން ހިންގުމަށެވެ.

 

ސައިބަރ ކްރައިމްގެ ބާވަތްތަކަކީ ކޮބާ؟

ސައިބަރ ކްރައިމްގެ ބާވަތްތައް ވަަރަށް ގިނައެވެ. އަދި ސައިބަރ ކްރައިމްގެ އަމަލުތައް ހިންގުމަށް ބޭނުންކުރެވޭ ތަކެއްޗާއި އުކުޅުތައް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވެ ކޮމްޕްލެކްސް ވަމުންނެވެ. ސައިބަރ ކްރިމިނަލުންގެ ޓާގެޓަކަށް ވަކިވަކި ފަރުދުންނާއި, ވިޔަފާރިތައް އަދި ސަރުކާރުތައްވެސް އަންނަނީވަމުންނެވެ. ސައިބަރ ކްރައިމްގެ ބައެއް ބާވަތްތަކަކީ

- ޑޭޓާ ފޮހެލުން، ޙަލާކުކުރުން، ވަގަށް ނެގުން

- ކޮޕީރައިޓް ވައިލޭޝަންސް (ޑިޖިޓަލް އެސެޓްސް)

- މެލްވެއަރ ޑިސްޓްރިބިއުޝަން

- ކްރިޕްޓޯޖެކިންގ

- ޑީޑޮސް އެޓޭކްސް

- ހެކް ކުރުން

- ގްރޫމިންގ

- ހަނގާކުރުން/ގަނާކުރުން

- ޓެރަރިޒަމްގެ އަމަލްތައް

- ބްލެކްމެއިލްކުރުން

- މަކަރާއި ހީލަތްހެދުން

- ޝަހްސު އޮޅުވާލުން

 

ސައިބަރ ކްރައިމްގެ އަމަލުތައް އަމާޒުވާ ފަރާތްތަައް

ސައިބަރ ކްރައިމްގެ އަމަލުތަކަކީވެސް އެހެން ކުށުގެ އަމަލުތައް ފަދައިން އެކަން ކުރާ ބައެއްގެ އަމިއްލަ ފައިދާއަށް ނުވަތަ ޒާތީ ބޭނުމެއް ފުއްދުމަށް ހިންގާ އަމަލުތަކެކެވެ. ނަމަވެސް އެހެން ބާވަތްތަކުގެ ކުށްތަކާއި ހިލާފަށް ސައިބަރ ކްރައިމް އަމާޒުކުރެވޭ ފަރާތްތައް ތަފާތެވެ. މީގެ ސަބަބަކީ ބަވަނަވެފައިވާ ދުނިޔޭގައި ކޮމްޕިއުޓަރ ބޭނުންކުރެވޭ މިންވަރާއި ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވުމެވެ. މިގޮތުން މީގެ ތެރޭގައި ތިރީގައިވާ ފަރާތްތައް ހިމެނެއެވެ.

- ކުންފުނިތަކާއި ވިޔަފާރި ކުރާ ފަރާތްތަށް

- މުޢައްސަސާތައް

- ދަޢުލަތުގެ އިދާރާތައް

- މާލީ އިދާރާތައް

- ސިޔާސީ ފަރާތްތައް

- ޖަމިއްޔާ ޖަމާޢަތްތައް

- ފުރާވަރުގެ ކުދިން

 

ސައިބަރ ކްރައިމްގެ އަމަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ސައިބަރ ކްރައިމްގެ އަމަލުތަކުން މުޅިން ރައްކާތެރިވާނެ ގޮތެއް ނެތްނަމަވެސް ތިރީގައިވާ ބައެއް ފިޔަވަޅުތައް އެޅުމަކީ އެފަދަ ކަމަކުން ދުރުވުމަށް އެޅޭނެ ބާރެއްކަމުގައިވާނެއެވެ.

 

- ތިމާ ގެންގުޅޭ ސްމާޓްފޯނު، ލެޕްޓޮޕް، ޓެބްލެޓް ފަދަ ތަކެތީގައި ޕާސްކޯޑް (ލޮކް ކޯޑް) ބޭނުން ކުރުން.

- ސްމާޓްފޯނު/ޓެބްލެޓް ޖެއިލްބްރޭކް ނުވަތަ ރޫޓް ނުކުރުން ( މިކަން އާންމު ގޮތެއްގައި ކޮށް އުޅެނީ، ފައިސާ ދީފައި ގަންނަން ހުންނަ އެޕްލިކޭޝަންތައް ހިލޭ ފޯނަށް އެޅުމުގެ މަޤްޞަދުގައި)، މި ކަމުގައި ސަބަބުން ފޯނު  އުފައްދާ ފަރާތުން ފޯނުގައި ގާއިމްކޮށްފައިވާ ރާއްކާތެރިކަމުގެ އެތައް ފަށަލައެއް ގެއްލިގެންދޭ. އަދި ފޯނުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތާއި އަދި ފޯނުގެ އެކި ވަސީލަތްތަކަށް އެހެން މީހުންނަށް އެކްސަސްވުމަށް ދޮރު ހުޅުވިގެންދޭ، މި ގޮތުން ވެރިފަރާތަށް އެނގުމަކާއި ނުލައި ފޯނުގެ ކެމެރާ އަދި މައިކްރޯފޯންއަށް ކުއްކުރާ ފަރާތްތަކުން ވާސިލްވެ ވީޑިއޯ އަދި އޯޑިއޯ ރެކޯރޑް ކުރެވިދާނެ.

- ތިމާގެ އިލެކްޓްރޯނިކް ވަސީލަތްތައް އެހެން ފަރާތްތަކަށް ބޭނުން ކުރަން ނުދިނުން.

- ފަހަކަށް އައިސް ޓެބްލެޓް އަދި ސްމާރޓްފޯނުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާތީ، އެފަދަ ތަކެތިން ކުއްކުރާ ފަރާތްތަކުން މަޢުލޫމާތު ހޯދުމުގައި ބޭނުންކުރަމުން އަންނީ އެކި އެޕްލިކޭޝަންތައް. އެހެންކަމުން ޓެބްލެޓް/ސްމާޓްފޯނަށް އަޅާ އެޕްލިކޭޝަންތަކަކީ ކޮންމެހެން ބޭނުންވާނެ އެޕްލިކޭޝަންތަކެއް ކަމުގައި ހެދުމާއި، އެޕްލިކޭޝަންތައް އިންސްޓޯލް ކުރުމުގައި ރަސްމީ އެޕްސްޓޯރތައް ބޭނުންކުރުމަށް ސަމާލުކަންދިނުން.

- ސްމާޓްފޯނު/ޓެބްލެޓްގެ އޯ.އެސް (ސޮފްޓްވެއަރ) އަބަދުވެސް އެންމެ ފަހުގެ އަޕްޑޭޓްކުރުމަށް ސަމާލުކަންދިނުން.

- ޓޫ-ފެކްޓަރ އޯތެންޓިކޭޝަން ހެދުން - ހަމަ އެކަނި ޕާސްވޯޑު ޖަހައިގެން ލޮގިން ކުރުމުގެ ބަދަލުގައި ޕާސްވޯޑްގެ އިތުރުން ދެވަނަ ވެރިފިކޭޝަންއެއް ބޭނުންކުރެވޭ ގޮތް ހެނދުން، ކޯޑް ޖެނެރޭޓަރ، ނުވަތަ އޯ.ޓީ.ޕީއެއް ޖަހައިގެން ލޮގިން ކުރެވޭ ގޮތް ހެދުން

- އެޕްލިކޭޝަންތަކުގައި ސެޓިންގްސްތައް ރަނގަޅަށް ބަލައި، ޕްރައިވަސީ ސެޓިންގްސްތަކާއި، ސެކިއުރިޓީ ސެޓިންގްސް ހެދުން.

- އެޕްލިކޭޝަންތައް އަބަދުވެސް އެންމެފަހުގެ އަޕްޑޭޓްކުރުން.

- ތިމާގެ ފޯނު ނަމްބަރަށް ސަމާލުވުން، ކުއްކުރާ ފަރާތްތަކުން ތަފާތު އެޕްލިކޭޝަންތަކުގައި ރަޖިސްޓްރީވުމަށްޓަކައި އެހެން މީހުންގެ މޯބައިލް ނަމްބަރ ބޭނުން ކުރަމުން ގެންދާތީ، އެފަދަ ކަމެއް މީހަކު ކުރާނަމަ އެހީތެރިވެ ނުދިނުން، (މިގޮތަށް އެޕްލިކޭޝަންއެއްގައި މޯބައިލް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނީ، ފޯނަށް އަންނަ ކޯޑެއް ދިނުމުން ކަމުގައި ވާތީ، އެ ކޯޑް ދޭން މީހަކު އެދުނު ނަމަވެސް ނުދިނުން)،

- އިންޓަރނެޓް ސާފް ކުރުމުގައި، އެކި ވެބްސައިޓްތަކުގައި ހުންނަ އެޑްތަކަށް ކްލިކް ނުކުރުން (އެޑްގެ މިސާލު: “you are the 9999999th winner” click here to claim US500000” ) މިފަދަ އެޑްތަކަކީ މީހުންނަށް ލަނޑު ދިނުމަށް ހަދާފައި ހުންނަ އެޑްތައް، މިފަދަ އެޑްތައް ނުފެންނަ ގޮތް ހެދުމަށްޓަކައި އިންޓަރނެޓް ބްރައުޒްކުރަން ބޭނުންކުރާ ބްރައުޒަރގައި އެޑްބްލޮކަރ ސޮފްޓްވެއަރއެއް ބޭނުން ކުރެވިދާނެ.

- ސްޕޭމް އީމެއިލްތަކުގައި ހުންނަ އެޓޭޗްމަންޓްތައް ނުހުޅުވުން. (ޑިވައިސްތަކަށް މެލްވެއަރ ޑެލިވަރ ކުރުމުގައި ކުއްކުރާފަރާތްތަކުން އެންމެ އާންމު ވަޞީލަތެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ އީމެއިލްކަމަށްވާތީ އީމެއިލްއަށް ރައްކާތެރިވުން)

- ކްރެކް ކޮށްފައި ހުންނަ ސޮފްޓްވެއަރ ބޭނުން ނުކުރުން، ކްރެކް ސޮފްޓްވެއަރ އެކްޓިވޭޓް ކުރަން ބޭނުންކުރާ ކީޖެނެރޭޓަރ ފަދަ ސޮފްޓްވެއަރތަކަކީ މެލްވެއަރ އެކުލެވޭ ވަޞީލަތްތަކެއް

- ރަނގަޅު ވެބްސައިޓްތަކުގައި އެސް.އެސް.އެލް ޕެޑްލޮކް ހުންނާނެ، އެފަދަ ވެބްސައިޓްތަކަށް ނޫނީ އެއްވެސް މައުލޫމާތެއް ( އީމެއިލް/ޔޫސަރ ނޭމް އަދި ޕާސްވޯރޑް) ނުދިނުން.

 

ކަމެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެތް؟

ސައިބަރ ކްރައިމްގެ އަމަލުތައް ހިންގުމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވިދާނެ ކަމަކަށްވާތީ މިފަދަ މައްސަލަތައް ތަހްގީގު ކުރުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. ނަމަވެސް ތިރީގައިވާ ބައެއް ކަންކަން ކުރުމަކީ ތަހްގީގު ކުރުމަށް އެހީތެރިކަމެއް ލިބިދާނެ ކަންކަމެވެ.

- މީސް މީޑިއާގެ ޛަރީއާއިން ދިމާވާ މައްސަލަތަކުގައި، ތުޙުމަތު ކުރެވޭ މީސް މީޑިއާ އެކައުންޓްތަކުގެ ޕްރޮފައިލް ސްކްރީންޝޮޓް ހެދުމާއި، އެ ޕްރޮފައިލް ތަކުގެ (ޔޫ.އާރު.އެލް/ޕްރޮފައިލް ލިންކް) ނެގުން.

- މައްސަލައާއި ގުޅުން ހުރި އެއްވެސް ކޮންޓެންޓެއް ޑިލީޓް ނުކުރުން.

- އަމިއްލައަށް ކަންކަން ހައްލުކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އަންގަވައި ދެއްވައި އެޙިތެރިކަން ހޯއްދެވުން.

- މި ފަދަ މައްސަލަތަކުގެ މަޢުލޫމާތު ކޮންމެހެން ހިއްސާ ކުރަންޖެހޭ ފަރާތްތައްނޫން ފަރާތްތަކާއި ހިއްސާ ނުކުރުން.

 

މައްސަލައެއް ހުށަހަޅާނީ ކިހިނެތް؟

ތިރީގައިވާ ކޮންމެ ވަސީލަތަކުންވެސް އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅިދާނެއެވެ.

- ޕޮލިސް އިމަޖެންސީ 119

- 3332111 ނޮން އިމަޖެންސީ

- އީމެއިލް: [email protected]

- ހާޒިރުވެ ހުށަހެޅުން

- ސިޓީއިން ހުށަހެޅުން

 

ފުލުހުން ހޯދަން ބޭނުންވާނެ ބައެއް މައުލޫމާތު

- ހުށަހަޅާ ފަރާތުގެ ވަނަވަރު

- ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް

- ހިނގައިގެން އުޅޭ ހާދިސާގެ މަޢުލޫމާތު

- ހިމެނޭ އިލެކްޓޯރނިކް ވަޞީލަތްތަކާއި އަދި ޑިޖިޓަލް ޑޭޓާ

- މުއައްސަސާއެއް ނަމަ IT TECHNICAL އެސެސްމަންޓް ރިޕޯރޓް

- ސޯޝަލް ޕްރޮފައިލް ތަކުގެ URL،Tags،Username، (ޔުނިކް އައިޑެންޓިފަޔަރސް) ސްކްރީންޝޮޓް އަދި ކޮންވަޒޭޝަންތައް

 

މައްސަލައިގެ ތަހްގީގުން ނުކުމެދާނެ ނަތީޖާތައް

 

މައްސަލައިގެ ތަހްގީގުން ނުކުމެދާނެ ނަތީޖާތައް

ސައިބަރ ކްރައިމްގެ މައްސަލަތަކަކީ ކުށް ސާބިތު ކުރުމުގައި ގޮންޖެހުންތައް ގިނަ ބާވަތެއްގެ މައްސަލަތަކެކެވެ. ކޮންމެ ޖިނާއީ ތަހްގީގެއްގެވެސް އަމާޒަކީ ކުށް ކުރި ފަރާތްތ ހޯދާ ޝަރީއަތަށް ފޮނުވުމެވެ. ތިރީގައި މިވަނީ މިބާވަތުގެ މައްސަލަތަކުގެ ތަހްގީގުން ނުކުމެދާނެ ބައެއް ނަތީޖާތަކެވެ.

 

- ލިޔުމުން ޓެކްނިކަލް ރިކޮމަންޑޭޝަން ދިނުން

- ކޮންޓެންޓް ރިމޫވް ކުރުން، އެކައުންޓް ރިމޫވް ކުރުން

- ތުޙުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދަޢުވާކުރަން ފޮނުވުން

- ތަޙްޤީޤަކީ ބޭރުގެ ޤައުމެއްގައި ކުރިއަށް ގެންދަންޖެހޭ ތަޙްޤީޤެއްނަމަ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާއި ބެހޭ އިދާރާއަކަށް މައްސަލަ ފޮނުވުން