Landing page banner

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

 

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

 

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

 

ގަލޮޅު ޕޮލިސް ސްޓޭޝަން

 

އެޕްރީލް 7 ވަނަ ދުވަހު ސޯސަންމަގު، ރެހެންދި މައިޒާން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 215 ރުފިޔާ. އިންސިޑެންޓް ނަންބަރ 518421

 

އެޕްރީލް 16 ވަނަ ދުވަހު އަމީރު އަހުމަދު މަގު ވިޝަން އޮޕްޓިކަލް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައިސްކަލެއް. ކޭސް ނަމްބަރ LC2022 / 03870

 

އެޕްރީލް 17 ވަނަ ދުވަހު ކަޅުހުރާ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިތެޔޮމިރުސް ފޮށިގަނޑެއް. ކޭސް ނަމްބަރ LC2022 / 03922

 

އެޕްރީލް 18 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 700 ރުފިޔާ. އިންސިޑެންޓް ނަންބަރ 519400

 

އެޕްރީލް 20 ވަނަ ދުވަހު ފަތަހަ ސްޓާ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 519597

 

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

މާފަންނު ޕޮލިސް ސްޓޭޝަން

 

އެޕްރީލް 7 ވަނަ ދުވަހު އަސަރީ ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެކްސްއެލް ދަޅުތަކެއް. އިންސިޑެންޓް ނަންބަރ 518358

 

އެޕްރީލް 15 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 600 ރުފިޔާ. އިންސިޑެންޓް ނަންބަރ 519149

 

އެޕްރީލް 16 ވަނަ ދުވަހު ނޯތު ހާބަރުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 2795 ރުފިޔާ. އިންސިޑެންޓް ނަންބަރ 519220

 

މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


 

Maldives Police Service | ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ