
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް ސްޓޭޝަން
ޑިސެމްބަރ 26 ވަނަ ދުވަހު ރަސްފަންނުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނޮކިޔާ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 543514
ޑިސެމްބަރ 27 ވަނަ ދުވަހު ޒިކުރާ މިސްކިތް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 50 ރުފިޔާ. އިންސިޑެންޓް ނަންބަރ 543651
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަން
ނޮވެމްބަރ 11 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަޅުކުލައިގެ ފޮއްޓެއް.
ނޮވެމްބަރ 30 ވަނަ ދުވަހު ޓެކްސީއަކުން ފެނިފައިވާ ވެރިއަކުނެތް ކަޅުކުލައިގެ ބެކްޕެކެއް.
ޑިސެމްބަރ 6 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ޖެޓީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަޅުކުލައިގެ ލަގެޖް ދަބަހެއް.
ޑިސެމްބަރ 20 ވަނަ ދުވަހު ޓެކްސީއަކުން ފެނިފައިވާ ވެރިއަކުނެތް ރަތްކުލައިގެ ބޮޑު ކޮތަޅެއް.
ޑިސެމްބަރ 23 ވަނަ ދުވަހު ގ. ފަރެސްގެ ކުރިމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ކޮތަޅެއް.
ޑިސެމްބަރ 26 ވަނަ ދުވަހު އަލިކިލެގެފާނު މަގުގައި ހުރި ސައިކަލެއްގެ މަތީގައި ބަހައްޓާފައި ހުރި އެޑިޑާސް ބްރޭންޑުގެ ދަބަހެއް. (ރަތްކުލައާއި ނޫކުލަ)
މި ތަކެތީގެ ވެރިފަރާތުން 9790092 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.