Landing page banner

ފޯނަކަށް ސަރވިސް ކުރުމަށްފަހު އަގުއަދާކުރުމުގެ ގޮތުން ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި 3 މީހަކު ހޯދަނީ

 

މަތީގައިވާ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންނެވެ.

 

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

 

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.