ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ''ވިސްނާލަމާ'' ޕްރޮގްރާމް ފަށައިފި

17 މެއި 2023

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ "ވިސްނާލަމާ" ޕްރޮގްރާމް ފަށައިފިއެވެ.

 

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހިންގާ މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެސް.ޓީ.އޯ ގައި މަސައްކަތްކުރާ ޑްރައިވަރުންނަށެވެ.

މި މަހު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެސް.ޓީ.އޯ ގެ 47 ޑްރައިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.