Landing page banner

ކުށްމަދުކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫގައި ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް، ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ނިލަންދޫގެ ސިނާއީ މަސައްކަތްކުރާ ސައިޓްތަކަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.

 

މި ޖަނަވަރީ މަހުގެ 22 އަދި 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ނިލަންދޫގައި ސިނާއީ މަސައްކަތްކުރާ ސައިޓުތަކާއި އެހެނިހެން މަސައްކަތްކުރާ ސައިޓުތަކަށް ޒިޔާރަތްކޮށް ސައިޓުތަކުގައި ސަލާމަތީ ގޮތުން ކަންކަން ހުރިގޮތް ބަލައި ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މަސައްކަތްކުރަން ގެންގުޅޭ ސާމާނު ރައްކާތެރިކޮށް ބެލެހެއްޓުމާއި މަސައްކަތްކުރާއިރު ސަލާމަތީގޮތުން ކުރަންޖެހޭ ކަންކަން ފަރުވާތެރިކޮށް ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ނިލަންދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ކިބައިން ސަލާމަތްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތްތައް ކިޔައިދީފައިވެއެވެ.

 

މީގެ އިތުރުން ވެސް ކުޑަކުދިން ވިޔަފާރިކުރުމަށް އަންނަކަމުގައިވާނަމަ ފުލުހުންނާއި އެކުދިންގެ ބެލެނިވެރިންގެ ސަމާލުކަމަށްއެކަން އެކަން ގެނެސްދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

 

Maldives Police Service | ކުށްމަދުކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫގައި ކުރިއަށް ގެންގޮސްފި