Landing page banner

ހެނބަދޫ ސްކޫލު ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގ ސެޝަނެއް ކުރިއަށް ގެންގޮސްފި

ނ. ހެނބަދޫ ސްކޫލު ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ޖުލައި 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތު ކުށްތަކާއި އެފަދަ ކުށްތަކުން ދަރިން ރައްކާތެރިކުރާނެގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ގަނާކުރުމުގެ މައްސަލަތަކާއި އެކަމުގެ ޝިކާރައަށްވާ ކުދިންނަށް އަންނާނެ ބަދަލުތައް ބުނެދީ އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.

 

އޭގެ އިތުރުން، ދަރިން ގެންގުޅޭ ލެޕްޓޮޕް، މޯބައިލް ފޯނު އަދި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރކުރާނެ ގޮތްތަކާއި، ބޭނުންކުރާ އެޕްތަކުގެ ސެކިއުރިޓީ ފީޗާސް ރަނގަޅުކުރާނެ ގޮތް ބުނެދީފައިވެއެވެ. އަދި ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ބުނެދީފައިވެއެވެ.

 

ނ. އަތޮޅު ފުލުހުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ހެނބަދޫ ސްކޫލުގެ 70 ބެލެނިވެރިން ބައިވެރިވިއެވެ.

Maldives Police Service | ހެނބަދޫ ސްކޫލު ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގ ސެޝަނެއް ކުރިއަށް ގެންގޮސްފި