ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
02 އޮކްޓޯބަރ
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
ހުޅުމާލެ ފޭސް 1 ޕޮލިސް
ސެޕްޓެންބަރު 29 ވަނަ ދުވަހު ހުޅުމާލެ ހުޅުމާލެ ޝުވެކް ސިނަމާ ކައިރިން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 656923
އޮކްޓޫބަރު 1 ވަނަ ދުވަހު ހުޅުމާލެ ކާރެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ހެލޯ ކިޓީ ބްރޭންޑުގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 657202
މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
ސެޕްޓެންބަރު 24 ވަނަ ދުވަހު ހިޔާ ޓަވަރު 4 އިރުމަތީފަރާތު ޕާކިން އޭރިއާއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 656399
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.