
ދިވެހި ފުލުހުންގެ ހިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާއިފްއެވެ.

މި އެއްބަސްވުމަކީ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އެކުންފުނިން ތައާރަފްކޮށްފައިވާ “ހޮބާ” ޚިދުމަތް ހޯދުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.