
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ނޮވެމްބަރު 22 ވަނަ ދުވަހު އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 663823
ނޮވެމްބަރު 22 ވަނަ ދުވަހު އަސްރަފީމަގުން ހޮވައިގެން ގެނެސްފައިވާ އެއަރޕޮޑް ޕްރޯއެއް. އިންސިޑެންޓް ނަންބަރު 663852
ނޮވެމްބަރު 27 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ވަދުފޮށި ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އޭ10 ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 664539
ނޮވެމްބަރު 28 ވަނަ ދުވަހު ނޯތު ހާބަރުން ހޮވައިގެން ގެނެސްފައިވާ ވަޔަލެސް އިއަރފޯނެއް. އިންސިޑެންޓް ނަންބަރު 664539
ޑިސެމްބަރު 2 ވަނަ ދުވަހު އަސަރީގޯޅިން ހޮވައިގެން ގެނެސްފައިވާ 2 އެގްޒޯސްޓް ފޭން. އިންސިޑެންޓް ނަންބަރު 665006
ޑިސެމްބަރު 4 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ހެއަރކެއާ އިކުއިޕްމެންޓެއް. އިންސިޑެންޓް ނަންބަރު 665355
ޑިސެމްބަރު 13 ވަނަ ދުވަހު ޝަހީދުއަލީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޖެކް ހެމަރއެއް. އިންސިޑެންޓް ނަންބަރު 666381
ޑިސެމްބަރު 15 ވަނަ ދުވަހު ވަދުފޮށި ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލީ ބޯޅަތަކެއް. އިންސިޑެންޓް ނަންބަރު 666684
ޑިސެމްބަރު 17 ވަނަ ދުވަހު ވެސްޓުޕާކު ކައިރިން ހޮވައިގެން ގެނެސްފައިވާ 600 ރުފިޔާ. އިންސިޑެންޓް ނަންބަރު 666939
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން
އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ނޮވެމްބަރު 28 ވަނަ ދުވަހު ބިހުރޯޒުކަމަނާ މިސްކިތްކައިރީ ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑިމަތިން ފެނިފައިވާ އޮއްޕޯ ބްރޭންޑުގެ މޯބައިލް ފޯނަކާއި ތަޅުދަނޑިފައްޗެއް. އިންސިޑެންޓް ނަންބަރު 664604
ޑިސެމްބަރު 4 ވަނަ ދުވަހު ޗަމްޕާމަގުގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑިމަތިން ފެނިފައިވާ ނަންބަރު އައިނެއް. އިންސިޑެންޓް ނަންބަރު 665382
ޑިސެމްބަރު 4 ވަނަ ދުވަހު ވައިދެރި ހިނގުމުން ހޮވައިގެން ގެނެސްފައިވާ ޕިކަޕު ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 665281
ޑިސެމްބަރު 12 ވަނަ ދުވަހު މާވެޔޮމަގުން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 666295
ޑިސެމްބަރު 16 ވަނަ ދުވަހު އަލިކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އެލްމެނިއަމް ދެ ދާގަނޑު. އިންސިޑެންޓް ނަންބަރު 666735
ޑިސެމްބަރު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ދަތުރުކުރި ޓެކްސީއަކުން ފެނިފައިވާ ސަން އެކްސް ރޯލެއް. އިންސިޑެންޓް ނަންބަރު 666804
ޑިސެމްބަރު 16 ވަނަ ދުވަހު މާވެޔޮމަގުން ހޮވައިގެން ގެނެސްފައިވާ 3000 ރުފިޔާ. އިންސިޑެންޓް ނަންބަރު 666783
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން
އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ޑިސެމްބަރު 7 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ޖެޓީ ނަންބަރު 7 ކައިރިން ހޮވައިގެން ގެނެސްފައިވާ ފޮށިގަނޑެއް. އިންސިޑެންޓް ނަންބަރު 665734
ޑިސެމްބަރު 15 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ޖެޓީ ނަންބަރު 1 ކައިރިން ހޮވައިގެން ގެނެސްފައިވާ ފޮށިގަނޑެއް. އިންސިޑެންޓް ނަންބަރު 666714
ޑިސެމްބަރު 16 ވަނަ ދުވަހު ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން ހޮވައިގެން ގެނެސްފައިވާ ޓޯކީއެއް. އިންސިޑެންޓް ނަންބަރު 666662
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް
ނޮވެމްބަރު 22 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ސޮނީހާޑްވެއާ ކައިރިން މާލެ، ސިނަމާލެ ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ބޭބީ ސްޓްރޯލާއެއް. އިންސިޑެންޓް ނަންބަރު 663833
ނޮވެމްބަރު 25 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ސަރަހައްދުން ހޮވައިގެން ގެނެސްފައިވާ، ކާރު ރިމޯޓެއް. އިންސިޑެންޓް ނަންބަރު 664241
ނޮވެމްބަރު 28 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ އެޕަލް ބްރޭންޑުގެ އިއަރޕޮޑެއް. އިންސިޑެންޓް ނަންބަރު 664533
ނޮވެމްބަރު 28 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ނޮކިއާ ބްރޭންޑުގެ މޯބައިލް ފޯނަކާއި ޕަވަރބޭންކެއް. އިންސިޑެންޓް ނަންބަރު 664567
މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
ޑިސެމްބަރު 1 ވަނަ ދުވަހު އެމްޕީއެލް ޓަވަރު ކައިރިން ހޮވައިގެން ގެނެސްފައިވާ އެސް23 އަލްޓްރާ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 664880
ޑިސެމްބަރު 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ބާބެކިއު ސަރަހައްދުން ހޮވައިގެން ގެނެސްފައިވާ ދަބަހެއް. އިންސިޑެންޓް ނަންބަރު 666604
ޑިސެމްބަރު 20 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 667307
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.