
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖަނަވަރީ 15 ވަނަ ދުވަހު ޝަހީދުއަލީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފެންމޯޓަރެއް. އިންސިޑެންޓް ނަންބަރު 670773
ޖަނަވަރީ 16 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ހަތަރުބޮނޑި ނަރު. އިންސިޑެންޓް ނަންބަރު 670908
ޖަނަވަރީ 17 ވަނަ ދުވަހު ރަސްފަންނުން ހޮވައިގެން ގެނެސްފައިވާ ރާވާ ގޮނޑިއެއް. އިންސިޑެންޓް ނަންބަރު 671008
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން
އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ޖަނަވަރީ 1 ވަނަ ދުވަހު އިސްކަންދަރުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ ކާރު ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 670633
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން
އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ޖަނަވަރީ 15 ވަނަ ދުވަހު ހ. ސިލްކުވުޑް ކައިިރިއަށް ހުސްކުރި ޓެކްސީއަކުން ފެނިފައިވާ ކުޑަ ދެ ޖެކެޓް. އިންސިޑެންޓް ނަންބަރު 670774
ޖަނަވަރީ 18 ވަނަ ދުވަހު ވެލާނާގެ ޕާކިންޒޯނުން ހޮވައިގެން ގެނެސްފައިވާ 42 ތަޅުދަނޑި. އިންސިޑެންޓް ނަންބަރު 671148
ޖަނަވަރީ 21 ވަނަ ދުވަހު ސެނަހިޔާ ކުރިމަތީ ޕާކުކޮށްފައިހުރި ސައިކަލެއްގެ މަތިން ފެނިފައިވާ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 671574
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.