Landing page banner

ކެލާ ޝައިޚް އިބްރާހީމް ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ހއ. ކެލާ ޝައިޚް އިބްރާހީމް ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށާއި ސްޓަރ ދަރިވަރުންނަށެވެ.

 

 މި ސެޝަންތަކުގެ ތެރެއިން ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށް ބޭނުންވާ ސިފަތަކާ ގުޅޭގޮތުންނެވެ. އެގޮތުން، އިހުތިރާމުކުރުމާއި، އަމިއްލައަށް ޒިންމާނެގުމުގެ މުހިންމުކަމާއި، އެކުގައި މަސައްކަތްކުރުމާއި، ތެދުވެރިކަމުގެ އިތުރުން ޒިންމާދާރު ކަމާއެކު ކުރިއަށް ދިއުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ސެޝަންގައި 31 ދަރިވަރުން ބައިވެރިވިއެވެ.

ސްޓަރ ދަރިވަރުންގެ ސުވިމިންގ ބެޖު ހާސިލުކުރުމަށް ޓެސްޓުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންގައި،

މޫދަށްއެރި އުޅޭއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. މި ހަރަކާތުގައި އެ ސުކޫލުގެ ސްޓަރ 13 ދަރިވަރުން ބައިވެރިވިއެވެ.