Landing page banner

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހދ. އަތޮޅު ކައުންސިލު މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

 

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ހދ. އަތޮޅުގައި ކުރިއަށްގެންދާ މި ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

 

މި ބައްދަލުވުމުގައި، ކައުންސިލުތަކުން ފުލުހުންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ރަށްރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

 

މި ބައްދަލުވުމުގައި، ފުލުުހުންގެ ކަމާ ގުޅުންހުރި ބަހާތަކުގެ އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައިވެރިވެލެއްވިއެވެ.