
ވެލިދޫގައި ހުންނަ ނ. އަތޮޅު ތައުލީމަރުކަޒުގެ ކެޑޭޓް ދަރިވަރުންނަށް ޑްރިލް އަދި ފިޒިކަލް ފިޓްނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ އެ ސުކޫލުގެ އެދުމުގެ މަތިން ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ދަރިވަރުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ދިރިއުޅޭ މާހައުލުގެ ޑިސިޕްލިންގ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމަކީ އެ މަރުކަޒުގެ ކެޑޭޓު ދަރިވަރުންގެ ހުނަރުވެރިކަމާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ރޭވިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމްއެވެ. މި ޕްރޮގްރާމުގައި 70 ދަރިވަރުން ބައިވެރިވިއެވެ.