Landing page banner

ރަމަޟާން މަހަށް މަރުހަބާކިއުމުގެ ގޮތުން ދީނީ ދަރުސްއެއް ބާއްވައިފި

ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާކިއުމުގެ ގޮތުން ދީނީ ދަރުސްއެއް ބާއްވައިފިއެވެ.

 

މިއަދު އިސްކަންދަރު ބިލްޑިންގގައި ކުރިއަށްދިޔަ މި ދަރުސްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެލެއްވިއެވެ.


މި ދަރުސްގައި މައުލޫމާތު ދެއްވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އިން ލޯ ގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންއެވެ. މި ދަރުސްގެ މައުލޫއަކީ “ތިޔަބައި މީހުންގެ ތެރެއިން އެ މަސް ދެކެފި މީހާ ރޯދަ ހިފާށެވެ” މި މައުލޫގެ ދަށުން އަގުހުރި މައުލޫމާތުތަކެއް ދެއްވާފައިވެއެވެ.

މި ދަރުސްއަކީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހަށް މަރުހަބާކިއުމުގެ ގޮތުން މި ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވަމުންގެންދާ ދަރުސްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ދަރުސްއެކެވެ. މި ސިލްސިލާގެ ތެރެއިން މި ރަމަޟާން މަހުގެ އެކި ދުވަސްތަކުގައި އިސްކަންދަރު ބިލްޑިންގ އަދި ދޫނިދޫގައި ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.