Landing page banner

51 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

51 ވަނަ ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

މި ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ރޭ ދ. ވާނީ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ދެއްކެވި ވާހަކަފުޅުގައި، މުހުތަމައުގެ އާންމު މަސްލަހަތު ނަގަހައްޓައި، ދެމެހެއްޓުމަކީ ފުލުހުންނާ ހަވާލުކުރެވިފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ހަމައެކަނި ޖިސްމާނީ ގާބިލުކަމާއި ހުނަރުތައް އެނގުމުގެ އިތުރުން، އަހުލާގީ މިންގަނޑުތަކަށް ބޯލެނބުމާއި، އިންސާނާގެ ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި މުޖުތަމައަށް އިހުތިރާމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، މި ތަމްރީނުގެ ބައިވެރިންނާއި މުދައްރިބުން ކުރެއްވި ބުރަ މަސައްކަތާއި ބެހެއްޓެވި ފަންނީ ގާބިލުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.


ޖަނަވަރީ 18 އިން ފެބުރުވަރީ 15 އަށް ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ކޮންސްޓަބަލް ޢަބްދުލް ޙަސީބްއެވެ.

 

މި ކޯހުގައި ބައިވެރިވި 69 ފުލުހުން ވެސް ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފައެވެ.