
ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މާހެފުން ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއާއި، ދާޚިލި ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ދައުލަތުގެ އެކި ވަޒީރުންނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކު ތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިވެލެއްވިއެވެ.