
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.
މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެއްޗެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ޗައިއޮން، ބަންގްލަދޭޝް (34އ) ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ވޭޕް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.