
ގއ. ކަނޑުހުޅުދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އެ ރަށު ޕޮލިސް ޑެސްކުން ކުރިއަށް ގެންގޮސްފިއެވެ.
މި ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަމަޟާން މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އޮންލައިންކޮށް ފައިސާގެ މުއާމަލާތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.