Landing page banner

ވިލިމާލޭގައި ދިރިއުޅޭ އިސްރައްވެހިންނާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ވިލިމާލޭގައި ދިރިއުޅޭ އިސްރައްވެހިންގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި މަހު 16 ވަނަ ދުވަހު ވިލިމާލެ ނެއިބަހުޑް ސަޕޯޓުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގެ މުހިންމުކަން ކިޔައިދީފައިވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ތަފާތު ބަލިތަކުން ރައްކާތެރި ތިބުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދީފައިވެއެވެ.

 

މީގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވަމުންދާއިރު ކުށްމަދު އަމާން މުޖުތަމައަކަށް މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އެގޮތުން، ގޯތިގެދޮރު ރަނގަޅަށް ތަޅުލެވިފައިވޭތޯ ކަށަވަރުކުރުމަށާއި ނުދަންނަ ނަންބަރުތަކުން އަންނަ ފޯނުކޯލުތަކަށް ޖަވާބު ނުދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.

 

މި ހަރަކާތުގައި ވިލިމާލޭގެ އެކި ސަރަހައްދުތަކުން އިސްރައްވެހިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.