Landing page banner

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް

 

ފެބުރުވަރީ 12 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެލްޖީ ބުރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 674509

 

ފެބުރުވަރީ 15 ވަނަ ދުވަހު ޝަހީދު ކުޑަނެވިތުއްތު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލޮއިފަތިތަކެއް. އިންސިޑެންޓް ނަންބަރު 674809

 

ފެބުރުވަރީ 16 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރެޑްމީ ބުރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 674930

 

ފެބުރުވަރީ 20 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފޮށިގަނޑު ކޮންސްޓްރަކްޝަން ހޮޅި ބިޑި. އިންސިޑެންޓް ނަންބަރު 675423

 

ފެބުރުވަރީ 21 ވަނަ ދުވަހު ސައިކަލްއަކުން ފެނިފައިވާ ނޮކިއާ ބްރޭންޑުގެ މޯބައިލް ފޯނަކާއި ލިޔެކިޔުންތަކެއް. އިންސިޑެންޓް ނަންބަރު 675519

 

ފެބުރުވަރީ 23 ވަނަ ދުވަހު އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރިން ހޮވައިގެން ގެނެސްފައިވާ ދޮއްޓެއް. އިންސިޑެންޓް ނަންބަރު 675801

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން

 އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


ހެންވޭރު ޕޮލިސް

 

ފެބުވަރީ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާ ކައިިރިން ހޮވައިގެން ގެެނެސްފައިވާ އެއަރޕޮޑް ޕްރޯއެއް. އިންސިޑެންޓް ނަންބަރު 674768

 

ފެބުވަރީ 17 ވަނަ ދުވަހު އިއްޒުންދީން ފާލަން ކައިިރިން ހޮވައިގެން ގެެނެސްފައިވާ ވެރިއަކުނެތް ކަޅުކުލައިގެ ފޮއްޓެއް. އިންސިޑެންޓް ނަންބަރު 675182

 

ފެބުރުވަރީ 19 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ކޭބަލް ދެ ރޯލު. އިންސިޑެންޓް ނަންބަރު 675390

 

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހުޅުމާލެ ފޭސް 2 ޕޮލިސް

 

ފެބުވަރީ 25 ވަނަ ދުވަހު ހިޔާ 3 ގެ ލިފްޓް ކައިިރިން ހޮވައިގެން ގެެނެސްފައިވާ ކެވެލިފަށެއް. އިންސިޑެންޓް ނަންބަރު 676112

 

މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.