Landing page banner

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފިއެވެ.

 

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ނަޞްރު، މުޙައްމަދު ޝާކިރު (47އ) އާއި ހދ. ކުޅުދުއްފުށި / މޫންރީފް، މުޙައްމަދު އިބްރާހީމް (38އ) އެވެ.

 

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު މުޙައްމަދު އިބްރާހީމްގެ އަތުން ފެނިފައިވެއެވެ. އަދި މުޙައްމަދު ޝާކިރުގެ އަތުން ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް (38އ) ހަތްދުވަހަށް އަދި މުޙައްމަދު ޝާކިރު (47އ) ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

މި މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ