
ދ. ބަނޑިދޫގައި ޓޫރިސްޓް ހިދުމަށްދޭ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުއަރީ 23 ވަނަ ދުވަހު ބަނޑިދޫ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ޓޫރިސްޓު ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސް ވެރިންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ގެސްޓް ހައުސްތަކުގެ ސަލާމަތީ ކަންކަމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ފަތުރުވެރިންގެ ފަރާތުން ފެންނަމުންދާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށާއި އާންމު ތަންތަނުގައި ހެދުން އަޅަން ޖެހޭ މިންގަނޑު ފަތުރުވެރިންނަށް އަންގައިދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.