Landing page banner

އަނގޮޅިތީމު ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ރ. އަނގޮޅިތީމު ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ފެބުރުވަރީ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ “މަގުމަތީގެ އަދަބުތައް” މި ޝިއާރުގެ ދަށުންނެވެ. މި ސެޝަންގައި އަނގޮޅިތީމު ސުކޫލުގެ އެކި ގުރޭޑުތަކުން 40 ދަރިވަރުން ބައިވެރިވިއެވެ.
 

މި ސެޝަންގައި މަގުމަތީގެ އަދަބުތަކާއި، ދަރިވަރުންގެ އަހުލާގީ މިންގަނޑު ހުންނަންޖެހޭނެ ގޮތްތަކާ ގުޅޭގޮތުން .މައުލޫމާތު ދީފައިވެއެވެ އަދި ރަމަޟާން މަހު ދީނީ ކަންކަމަށް ފަރުވާތެރިވުމަށާއި ހާއްސަކޮށް ފަހުދިހައިގެ ދުވަސްތަކުގައި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސޯޝަލް މީޑިއާ އާއި ގޭމް ކުޅުން ފަދަ ކަންކަމުގައި ހޭދަކުރާ ވަގުތު މަދުކުރުމަށާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއަޅާފައިވެއެވެ.

 

‎އޭގެ އިތުރުން، ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ އިތުރުން ދަރިވަރުންގެ އާންމު ގަވާއިދުތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ދީފައިވެއެވެ. އަދި ގާނޫނީ ގޮތުން ދަރިވަރުން އަދާކުރަންޖެހޭ ޒިންމާތަކަކީ ކޮބައިކަން ވެސް ވަނީ އޮޅުންފިލުވައިދީފައެވެ.

 

‎މި ސެޝަން ނަގައިދިނުމުގައި އަނގޮޅިތީމު ޕޮލިސް ޕޯސްޓުގެ އިތުރުން، ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި، މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.