Landing page banner

އއ. އަތޮޅު ފުލުހުންނަށް އޮސްޓް ރިފްރެޝަރ ޕްރޮގްރާމް ހިންގައިފި

އއ. އަތޮޅު ފުލުހުންނަށް އޮސްޓް ރިފްރެޝަރ ޕްރޮގްރާމް ހިންގައިފިއެވެ.

 

ފެބުރުވަރީ 25 އިން މާރިޗު 1 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރަސްދޫގައެވެ. މި ޕްރޮގްރާމަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

 

މި ޕްރޮގްރާމްގައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަތިޔާރު ބޭނުންކުރެވޭނެ ގޮތްތަކާއި، އެފަދަ ތަކެތި ބޭނުންކުރަންޖެހޭ ހާލަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައިވެއެވެ. އަދި އެކި ހާދިސާތައް ހިނގުމުން، ސީންތަކަށް ގޮސް އަމަލުކުރަންޖެހޭ ގޮތްތަކާއި، އެފަދަ ތަންތަނުގައި އާންމުންނާ މުއާމަލާތުކުރާނެ ރަނގަޅު ގޮތްތަކުގެ ތަމްރީނުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ދީފައިވެއެވެ.