Landing page banner

މަކުނުދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

މަކުނުދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ގޭބިސީތަކުގައި އެކަނި ދިރިއުޅޭ ފަރާތްތައް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި މާރިޗު މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށްމަދު އަމާން ވެއްޓަކަށް ރައްޔިތުން އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

 

މި ހަރަކާތުގައި، އުމުރުން ދުވަސްވީ ފަރާތްތަކާއި ގޭބިސީތަކުގައި އެކަނި ދިރިއުޅޭ ފަރާތްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ގިނަ މީހުން އަޅުކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ދުވަސްތަކަށްވާތީ އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރޭގަނޑު އަޅުކަމުގައި އުޅޭ ވަގުތު ހިފައިގެންގުޅޭ އަގުބޮޑެތި މުދާ ގޭތެރެއަށް ދޫކޮށްލާފައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މިސްކިތަށް ދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި މިސްކިތަށް ދާއިރު ވެސް އަގުބޮޑެތި މުދާ ނުގެންދިޔުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

 

އަދި މަގުމަތީގައި ހަރަކާތްތެރިވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ދާއިރު ގާތްމީހަކާއެކު ދިޔުމަށާއި ކުށަކަށް މަގުފަހިވާނެ ފަދަ އަމަލެއް ނުވަތަ ކުށެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް ހަނދާކޮށްދީފައިވެއެވެ.