Landing page banner

ފުވައްމުލައް ސިޓީގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކަަކަށް ހެދުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ފުވައްމުލައް ސިޓީގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކަަކަށް ހެދުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި މާރިޗު މަހުގެ 10 ވަނަ ދުވަހު ފުވައްމުލައް ސިޓީ ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކާއި މަގުތަކުން އާންމު ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެއްގަމު އުޅަނދު ދުއްވުމާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ކިތަންމެ އަވަހަށް ތަނަކަށް ދާންޖެހުނުކަމުގައި ވިޔަސް އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި ފުރާނައިގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ތަފާތު އެކި މައުލޫމާތު ދީފައިވެއެވެ.