Landing page banner

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކޮމަންޑޫގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ށ. ކޮމަންޑޫގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

މާރިޗު 10 ވަނަ ދުވަހު ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ ބައްދަލުކޮށް އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތު ދީފައިވެއެވެ.

 

މި ހަރަކާތުގެ ތެރެއިން، އެއްގަމުގެ ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކަށް ކޮމަންޑޫ ޕޮލިސް ސްޓޭޝަންގެ  ފަރާތުން ގިޕްޓް ވައުޗަރއެއް ދީފައިވެއެވެ.

 

މި ހަރަކާތަށް ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އެކްސިޑެންޓްތައް މަދުކުރުމަށް ރަމަޟާން މަހަށް ހާއްސަކޮށްގެން މުޅި ރާއްޖެ ހިމެނޭގޮތަށް ތަފާތު ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުންނެވެ.