
ޅ. ކުރެންދޫ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އުޅަނދު ދުއްވާއިރު ފުރިހަމަކޮށްފައި ހުންނަން ޖެހޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި އުޅަނދު ދުއްވާއިރު ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ތިމާއަށްވުރެ އަނެކާ ނުފަރިތަވެދާނެ ކަމަށް ވިސްނައި، ތިމާއާއި އަނެކުންގެ ސަލާމަތަށް ސަމާލުކަންދިނުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މާރިޗު 11 ވަނަ ދުވަހު ކުރެންދޭ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެއްގަމުގެ ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކަށް ހާއްސަ ގިޕްޓް ވައުޗަރއެއް ދީފައިވެއެވެ.