Landing page banner

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް

 

މާރިޗު 22 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު ގަލޮޅު ކަންމަތިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑިތަކެއް. އިންސިޑެންޓް ނަންބަރު 678927

 

މާރިޗު 24 ވަނަ ދުވަހު ހަލަވެލި ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް. އިންސިޑެންޓް ނަންބަރު 679247

 

މާރިޗު 24 ވަނަ ދުވަހު ސިންތަޓިކް ޓްރެކް ތެރެއިން ފެނިފައިވާ ކޮންސްޓްރަކްޝަން ބިޑި ގޯންޏެއް. އިންސިޑެންޓް ނަންބަރު 679231

 

މާރިޗު 28 ވަނަ ދުވަހު މަޖީދީމަގު ވިލާމާޓު ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް (ވޮލެޓުގައި 14900 އަށްވުރެ ގިނަ ރުފިޔާ). އިންސިޑެންޓް ނަންބަރު 679695

 

މާރިޗު 28 ވަނަ ދުވަހު އަމީނީމަގު އެމްއައިބީ އޭޓީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ 5500 ރުފިޔާ. އިންސިޑެންޓް ނަންބަރު 679693

 

މާރިޗު 28 ވަނަ ދުވަހު ރަށްދެބައިމަގުން ހޮވައިގެން ގެެނެސްފައިވާ ކޮންސްޓްރަކްޝަން ބިޑި ގޯންޏެއް. އިންސިޑެންޓް ނަންބަރު 679231

 

މާރިޗު 31 ވަނަ ދުވަހު ޝަހީދުކުޑަނެވި ތުއްތު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ސެމްސަންގ ބްރޭންޑުގެ ދެ މޯބައިލް ފޯނު. އިންސިޑެންޓް ނަންބަރު 679995

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން

 އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހެންވޭރު ޕޮލިސް

 

މާރިޗު 24 ވަނަ ދުވަހު ސަލްމާން މިސްކިތް ޕާކިންގޒޯނު ތެރެއިން ހޮޮވައިގެން ގެނެސްފައިވާ އެސް ސްޕޯޓް ބްރޭންޑުގެ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 679257

 

މާރިޗު 26 ވަނަ ދުވަހު ހެންވޭރު ދަނޑު ކައިރިން ހޮޮވައިގެން ގެނެސްފައިވާ 20 ރުފިޔާ. އިންސިޑެންޓް ނަންބަރު 679257

 

މި ތަކެތީގެ ވެރިފަރާތުން  9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހުޅުމާލެ ފޭސް 1 ޕޮލިސް

 

މާރިޗު 11 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޖަލުކައިރިން ހޮވައިގެން ގެނެސްފައިވާ ނަރު ރޯލުތަކެއް. އިންސިޑެންޓް ނަންބަރު 677683

 

މި ތަކެތީގެ ވެރިފަރާތުން 9931584 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން

 އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


ހުޅުމާލެ ފޭސް 2 ޕޮލިސް

 

މާރިޗު 24 ވަނަ ދުވަހު ހިޔާ ފުލެޓް 12 ވަނަ ޓަވަރުގެ ސިޑި ކައިރިން ހޮވައިގެން ގެނެސްފައިވާ ދެ ރަންކެވެލި. އިންސިޑެންޓް ނަންބަރު 679202

 

މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން

 އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.