Landing page banner

މަސްތުވާތަކެއްޗާއެކު ބާރަށުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހއ.ބާރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

 

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ.ބާރަށް / ކުއްޅަވައްގެ ، ޝަރަފުއްދީން ، (45އ) އެވެ.

 

މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހު 7 ވަނަ ދުވަހު ބާރަށު ޕޮލިހުން ހިންގި އޮޕަރޭޝަން ގައި ޝަރަފުއްދީން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 26 ކަރުދާސްކޮޅު ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 4 ގުރާމް އެވެ.

 

މި މައްސަލަ އާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.