
ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ގުރޭޑް 3-1 ގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެ ސުކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ގަލޮޅު ޕޮލިސް ނެއިބަހުޑާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެގޮތާއި އެކި ކަންކަމުގައި މުއާމަލާތުކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށްދިނުމަށް ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކަކީ އުފާވެރި މާހައުލެއްގައި ދަރިވަރުންނާއި ބެލެނިވެރިން ގުޅިގެން ވަރަށް ޝައުގުވެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

ފުލުހުންގެ ޚިދުމަތާއި ސުކޫލުތަކާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށާއި ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށާއި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިފަދަ ތަފާތު ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުންނެވެ.