
ހުޅުމާލެ ފޭސް 1 ޕޮލިހާއި ސައިބަރ ސެންޓަރު ގުޅިގެން ރެހެންދި ސުކޫލުގެ ގްރޭޑް 6 ގެ 203 ދަރިވަރުންނަށް ސައިބަރ ސޭފްޓީއާއި އިންޓަނެޓް ސެކިއުރިޓީއާ ބެހޭ އިންޓެރެކްޓިވް ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި ދަރިވަރުންނަށް ޑިޖިޓަލް ދުނިޔޭގެ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ދެނެގަތުމާއި، އިންޓަނެޓްގައި ރައްކާތެރި ގޮތްތައް ހިޔާރުކުރުމާއި، އެޕްލިކޭޝަންތަކާއި ގޭމްތައް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމަކީ އިންޓަނެޓުން ގުޅިފައިވާ، ޒިންމާދާރު ޖީލެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.