
ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށާއި ވައްކަމާއި ސްކޭމްގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ގއ. ގެމަނަފުށީގައި ކުރިއަށް ގެންގޮސްފިއެވެ.
މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާދައްކާނަމަ، މުދާ ދޫކުރުމުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، ވައްކަމުގެ މައްސަލަތައް މަދުކުރުމަށާއި، ވައްކަން ކުރާފަރާތްތައް ދެނެގަތުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި “ވަގުންނަށް ފުރުސަތު ނުދެމާ!” މައުލޫމާތު އެކުލެވޭ ލީފްލެޓް ދީފައިވެއެވެ.