ފްރަންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ފަށައިފިއެވެ.
މި އެޕްރީލް މަހުގެ 26 އިން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް ހާއްސަކޮށްފައި ވަނީ ހުޅުމާލެ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށެވެ. ހުޅުމާލެ ޕޮލިހުގެ އެކި ޑިޕާޓްމަންޓުތަކުން 25 ފުލުހުންނާއެކު މި ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.
މި ކޯހުގެ ސަބަބުން، ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިލްމާއި، ހުނަރު އިތުރުވެގެންދާނެއެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާއި އެ ކަންކަން ސުޕަވައިޒްކުރުމަށް ގާބިލު ފުލުހުންތަކެއް އުފެދިގެންދާނެއެވެ.