
ހދ. ނޭކުރެންދޫ ސުކޫލު ފައުންޑޭޝަން ދަރިވަރުންނަށް ޓްރެފިކް އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެޕްރީލް 30 ވަނަ ދުވަހު ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަންގައި 22 ދަރިވަރުން ބައިވެރިވިއެވެ.
މި ސެޝަންގައި، ޓްރެފިކް ނިޝާންތަކާއި، އެ ނިޝާންތަކުން ބުނެދޭ ކަންކަމާއި މަގުމަތި ބޭނުންކުރާއިރު ސަމާލުކަންދޭންޖޭ ކަންކަން ކިޔައިދީފައިވެއެވެ. ވަކިން ހާއްސަކޮށް ދުއްވާއެއްޗިއްސަށް ތަންދިނުމަށާއި މަގުގެ އެއްފަރާތުން ހިނގުމުގެ މުހިންމުކަން ކިޔައިދީފައިވެއެވެ.