
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް
ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
މެއި 1 ވަނަ ދުވަހު ޖަވާހިރު މަގުން ހޮވައިގެން ގެނެސްފައިވާ ރެޑްމީ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 680176
މެއި 6 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ރަތްކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 684927
މެއި 6 ވަނަ ދުވަހު އީދުމިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕްރެޝަރ ވޮޝަރއަކާއި ނެޓްވޯކް ކޭބަލް ކަނެކްޝަން ޓެސްޓަރެއް. އިންސިޑެންޓް ނަންބަރު 684255
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން
އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
އެޕްރީލް 30 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ކުޑަކުއްޖެއްގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 684289
މެއި 1 ވަނަ ދުވަހު މ. މޭވާގަސްދޮށުގެ ސިޑިގޮޅި ކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ސާމާނުހުރި ދަބަހެއް. އިންސިޑެންޓް ނަންބަރު 684298
މެއި 2 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޓޯޔާޑް ކައިރިން ހޮވައިގެން ގެނެސްފައިވާ ބޮޑު ދެ އަނބުކޮތަޅު. އިންސިޑެންޓް ނަންބަރު 684451
މެއި 3 ވަނަ ދުވަހު ތަބުރޭޒީ ހިނގުމުގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަތިން ފެނިފައިވާ ވެރިއަކުނެތް، ކަޅުކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 684630
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން
އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެ
ހެންވޭރު ޕޮލިސް
އެޕްރީލް 30 ވަނަ ދުވަހު އާޓިފިޝަލް ބީޗުން ހޮވައިގެން ގެނެސްފައިވާ ނޮކިޔާ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 684247
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.