
ށ. ފުނަދޫ ސުކޫލު ގުރޭޑު 10 ގެ ދަރިވަރުންނަށް މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 9 ވަނަ ދުވަހު ފުނަދޫ ޕޮލިހުގެ ފަރާތުން ކުރިއަށްގެންދިޔަ އެ ސެޝަނަކީ އޯލެވެލް އިމްތިހާނަށް އެ ދަރިވަރުން ތައްޔާރުވާންވީ ގޮތުގެ މައުލޫމާތުދީ އަދި އެ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
އެ ސެޝަނުގައި، ސުކޫލުންދޭ ފިލާވަޅުތައް ދަސްކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަށާއި ބޭރުގައި ހޭދަކުރާ ވަގުތުތައް މަދުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފިލާވަޅުތައް ދަސްކުރުމުގައި ސަމާލުކަންދޭންޖޭ ކަންކަމާއި ބޭނުންކުރެވިދާނެ ތަފާތު އުކުޅުތައް ދަސްކޮށްދީފައިވެއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އެ ދަރިވަރުން ޝައުގުވެރިވާނެގޮތަށް ޓީމް ބިލްޑިންގ ހަރަކާތްތަކާއެކުގައެވެ.