
ސިންގަޕޫރު ޕޮލިސް ފޯސްއިން ކުރިއަށްގެންދިޔަ "ސީނިއާ ޕޮލިސް އޮފިސަރ ބޭސިކް ކޯސް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ ފުލުހަކު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަމީދު އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފެވެ.
2025 އޮގަސްޓް 06 އިން 2026 މެއި 11 އަށް ސިންގަޕޫރުގައި ކުރިއަށްދިޔަ މި ކޯހަކީ ފުލުހުންގެ މަސައްކަތުގެ ދާއިރާއިން ފަންނީ ހުނަރުތައް ކުރިއެރުވުމާއި، ލީޑަރޝިޕް ގާބިލުކަމުގެ އިތުރުން، ފުލުހުންގެ މަސައްކަތުގައި ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލުހޯދުމުގެ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.