
ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ "ބޭސިކް ކެޑޭޓް ކޭމްޕު 2026" ގެ ދަރިވަރުންނަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މެއި 23 އިން 25 އަށް އެ މަދަރުސާގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ކެޑޭޓް ކޯގެ 76 ދަރިވަރުން ބައިވެރިވިއެވެ.
މި ކޭމްޕުގައި ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ފީލްޑް ކުރާފްޓް، ފަސްޓް އެއިޑް، އަންއަރމް ކޮމްބެޓް، ކޮމާންޑް ޓާސްކް، ޑިއުޓީ އޮފް ސެނިޓުއަރީ ފަދަ މާއްދާތައް އުނގަންނައިފައިވެއެވެ. އޭގެ އިތުރުން، ޑްރިލް ކޮންޕެޓިޝަން، ނޮޓިން ކޮމްޕެޓިޝަން، ވޮލީ ކޮމްޕެޓިޝަން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ކޭމްޕުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ގައުމީ ކެޑޭޓް ކޯގައިި މުދައްރިބުންގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ، މިހާރު ފުލުހުންނެވެ.