
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖޫން 3 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 688654
މެއި 25 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ 5 ރުފިޔާ. އިންސިޑެންޓް ނަންބަރު 687566
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ޖޫން 1 ވަނަ ދުވަހު ބުލްބުލް ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 މާކަރީ ލައިޓު. އިންސިޑެންޓް ނަންބަރު 688320
މެއި 28 ވަނަ ދުވަހު އިސްކަންދަރު މަގު ބޯޅަޖެހި ސްޓޯރު ކައިރިން ހޮވައިގެން ގެނެސްފައިވާ ލޮއިނަރުތަކެއް. އިންސިޑެންޓް ނަންބަރު 687850
މެއި 26 ވަނަ ދުވަހު އިސްކަންދަރު މަގު، ރިޔާސީ ހިނގުން ކަންމަތިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރު 687829
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
މެއި 29 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ރިވްކޯ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 688046
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
އެއާޕޯޓު ޕޮލިސް
މެއި 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް 2، ޓެކްސީ ކިއު އޭރިއާއިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއް. އިންސިޑެންޓް ނަންބަރު 688036
މެއި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 1، ގޭޓް 3 ކައިރި ބޭރު މަގުމަތިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ. އިންސިޑެންޓް ނަންބަރު 687619
މި ތަކެތީގެ ވެރިފަރާތުން 9400056 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.