
ބ. މާޅޮހާއި އއ. ފެރިދޫގައި ހުޅުވި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގައި މާޅޮހާއި ފެރިދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި، އެކި ވައްތަރުގެ މޭވާ ގަހާއި ރުއް އިންދާފައިވެއެވެ.
މި ޖޫން މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ދެ ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.