
ފުލުހުންނާ އެއްކޮށް ކޮފީއަށް” މި ނަމުގައި އައްޑޫ ސިޓީ ގަން ޕޮލިހުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ޖޫން 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދައި، ރަށްރަށުގެ އާންމު ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވިފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވާހަކަދެކެވިފައިވެއެވެ. މި ހަރަކާތަށް މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުށް މަދުކުރުމަށާއި، އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.