
ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ މައުލޫމާތު: ޝިހާމާމަންޒިލް، ތ. މަޑިފުށި، ޢަލީ ޝާފިޢު (39އ)
އައިޑީ ކާޑު ނަންބަރު: A246009
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް
ހާޒިރުވާންވީ ތަން: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ
ހާޒިރުވާންވީ ތާރީހު: 2026 ޖޫން 24 ވަނަ ދުވަހުގެ 14:00 އަށް