
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖޫން 9 ވަނަ ދުވަހު މާފަންނު ސަހަރާކައިރިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ގްރިންޑަރ މެޝިނެއް. އިންސިޑެންޓް ނަންބަރު 689418
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ޖޫން 5 ވަނަ ދުވަހު ކެނެރީމަގުން ފެނިފައިވާ ކަރަންޓު ސާމާނުތަކެއް. އިންސިޑެންޓް ނަންބަރު 688891
ޖޫން 10 ވަނަ ދުވަހު ފާށަނާކިލެގެމަގުން ފެނިފައިވާ ޖަނަރޭޓަރެއް. އިންސިޑެންޓް ނަންބަރު 689585
ޖޫން 12 ވަނަ ދުވަހު މާވެޔޮމަގުން ފެނިފައިވާ ސީޕީޔޫއެއް. އިންސިޑެންޓް ނަންބަރު 689843
ޖޫން 14 ވަނަ ދުވަހު ކަޅުހުރާމަގުން ފެނިފައިވާ ކީސްތަކަކާއި ރަބަރު ހޮޅިއެއް. އިންސިޑެންޓް ނަންބަރު 690108
ޖޫން 17 ވަނަ ދުވަހު ރަށްދެބައިމަގުން ފެނިފައިވާ ކަރަންޓު ނަރުތަކެއް. އިންސިޑެންޓް ނަންބަރު 690518
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ޖޫން 15 ވަނަ ދުވަހު 1 ނަންބަރު ޖެޓީ ކައިރިން ފެނިފައިވާ ފިޔާތޮށިކުލައިގެ ފޮއްޓެއް. އިންސިޑެންޓް ނަންބަރު 680338
ޖޫން 17 ވަނަ ދުވަހު އަމީރު އަޙްމަދު މަގު، އިސްލާމީ މަރުކަޒުކައިރިން ފެނިފައިވާ ކަޅުކުލައިގެ ފޮއްޓެއް. އިންސިޑެންޓް ނަންބަރު 690515
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.