
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
ގަލޮޅު ޕޮލިސް
ޖޫން 18 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 690703
ޖޫން 21 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ހަރުގަނޑެއް. އިންސިޑެންޓް ނަންބަރު 691046
ޖޫން 22 ވަނަ ދުވަހު ސިނަމާލެ ފުލެޓް ކައިރިން ހޮވައިގެން ގެނެސްފައިވާ ލޮއިނަރުތަކެއް ހުރި ދަބަހެއް.. އިންސިޑެންޓް ނަންބަރު 691235
ޖޫން 22 ވަނަ ދުވަހު އަމީނީމަގު، ޓްރެފިކް ޕޮލިސް ކައިރިން ހޮވައިގެން ގެނެސްފައިވާ ކޮށާފައިހުރި ފޯއް ކޮތަޅެއް. އިންސިޑެންޓް ނަންބަރު 691406
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ޖޫން 22 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 691309
މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
ޖޫން 17 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 690566
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.