
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖޫން 30 ވަނަ ދުވަހު ގްރީން ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ ދެ ކަރުދާސްރީމް. އިންސިޑެންޓް ނަންބަރު 692418
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް
ޖޫން 30 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގުން އެމްއެންޑީއެފް ގަރާޖު ކައިރިން ހޮވައިގެން ގެނެސްފައިވާ ޓޫލްސްތަކެއް. އިންސިޑެންޓް ނަންބަރު 692461
ޖޫން 30 ވަނަ ދުވަހު ކޯރުކެނޑިމަގުން ހޮވައިގެން ގެނެސްފައިވާ 15 ޑޮލަރު. އިންސިޑެންޓް ނަންބަރު 692309
ޖުލައި 7 ވަނަ ދުވަހު ހިލާލީމަގުން ހޮވައިގެން ގެނެސްފައިވާ މޯޓަރެއް. އިންސިޑެންޓް ނަންބަރު 693183
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް
ޖުލައި 1 ވަނަ ދުވަހު ބީއެމްއެލް ހެޑް އޮފީސް ކައިރިން ހޮވައިގެން ގެނެސްފައިވާ 190 ރުފިޔާ. އިންސިޑެންޓް ނަންބަރު 692534
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ވިލިމާލެ ޕޮލިސް
ޖުލައި 2 ވަނަ ދުވަހު ވ. ހަވާސް ގޭތެރޭގައި ބަހައްޓާފައިހުރި ވެރިއަކުނެތް، މިދިލިއޮށް ފޮށިގަނޑެއް. އިންސިޑެންޓް ނަންބަރު 692553
މި ތަކެތީގެ ވެރިފަރާތުން 9833000 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
އެއާޕޯޓް ޕޮލިސް
ޖުލައި 2 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 2 ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ތަޅުދަނޑިފައްޗެއް. އިންސިޑެންޓް ނަންބަރު 692654
މި ތަކެތީގެ ވެރިފަރާތުން 9400056 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.